Advertisement

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ނިންމައިފި

0

ޕެނަލްޓީގައި ހިންނަވަރު ބަލިކޮށް ވިންޑް ވޯރިއާސް ފައިނަލަށް

0

ކުޑަފަރި ބަލިކޮށް މޮޅަކާއެކު ޑީޓޫއިން މުބާރާތް ނިންމާލައިފި

0

ކުޅިވަރު

TMIFC 2024: Penalty gai hinnavaru balikoh Wind Warriors final ah

0

ޕެނަލްޓީގައި ހިންނަވަރު ބަލިކޮށް ވިންޑް ވޯރިއާސް ފައިނަލަށް

ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2024ގެ ސެމީ ފައިނަލުގައި ވާދަވެރި ހިންނަވަރު އެސްސީ ބަލިކޮށް ވިންޑް ވޯރިއާސް ފައިނަލަށް ދަތުރުކޮށްފިއެވެ. ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ ސީދާ ޕެނަލްޓީ ޖަހާފައިވާއިރު، ހިންނަވަރުގެ މައްޗަށް ޕެނަލްޓީގައި ވިންޑް ވޯރިއާސް ކުރި ހޯދީ 5-3 އިންނެވެ. މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެމުން ދިޔައިރު، ކައުންޓާ އެޓޭކުގައި ދެ ޓީމުންވެސް ދިޔައީ ރަނގަޅު ހަމަލާތަކެއް އުފައްދަމުންނެވެ. ވިންޑްވޯރިއާސްގެ ނާއިޒް ހަސަން (ދާދު) އާއި އަބްދުﷲ ޔާމީން (ޔާނު) ގެ ރަނގަޅު ކުޅުމެއް އެ ހާފުގައި ފެނިގެން ދިޔައިރު، ޔާނުއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް އެ ހާފުގައި ލިބި ބޭކާރުވެފައެވެ. އަނެއްކޮޅުން ހިންނަވަރުގެ އަލީ ނަސޫހު (ޕިލާ) ދުރުން ފޮނުވާލި ބާރު ދެ ހަމަލާއެއް ވިންޑް ވޯރިއާސްގެ ކީޕަރު އިޔާން ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުގެ ފަރާތުންވެސް ފެނުނީ މޮޅުވުމުގެ ރޫހުގައި ކުޅެ، ފައިނަލަށް ދިއުމަށް މަސައްކަތްކުރިތަނެވެ. އެ ހާފު ނިމެންދަނިކޮށް ސެންޓޭ އަދި ސްރީ ލަންކާގެ ކުޅުންތެރިޔާ ކަވިންދު އިޝާންއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ފުރަތަމަ ޕެނަލްޓީ ވިންޑުގެ ޔާނު ކާމިޔާބުކުރި އިރު، ހިންނަވަރުގެ ފުރަތަމަ ޕެނަލްޓީ ގޯލަށް ޖަހައި ކާމިޔާބު ކުރީ ކެޕްޓަން އަހުމަދު އަބްދުﷲ (ލިލީ) އެވެ. ވިންޑުގެ ދެވަނަ ޕެނަލްޓީ ގޯލަށް ވައްދާލީ ކެޕްޓަން އަބްދުﷲ ޖުނައިދު (ޖޭންނެ) އެވެ. ހިންނަވަރުގެ ދެވަނަ ޕެނަލްޓީ ކަވިންދު އިޝާން ކާމިޔާބުކުރި އިރު، ވިންޑުގެ މުހައްމަދު ނާއިމް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. ނަމަވެސް ހިންނަވަރުގެ ތިންވަނަ ގޯލު އެ ޓީމުގެ ސެންޓޭ ފޮނުވާލިއިރު، ވިންޑުގެ ކީޕަރި އިޔާން އަބްދުލް އަލީމް ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ. ވިންޑުގެ ހަތަރުވަނަ ޕެނަލްޓީ ޝަނާން ކާމިޔާބުކުރި އިރު، ހިންނަވަރުގެ ޕިލާ ވަނީ އެ ޓީމުގެ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް ވިންޑަށް ފައިނަލް ޔަގީންކޮށްދިނީ އިބްރާހިމް އައިސަމް އެވެ. މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ނައިފަރު ޗެލްސީ އަދި މާފަރު އެފްސީއެވެ.

ސިޔާސީ

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1

ތައުލީމް

Advertisement