2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް

2024 vana aharuge majilis inthihaabu roadhaige fahah

ފޮޓޯ: އަވަސް

0

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު، މި އަހަރުގެ މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ލަސްކޮށްފި އެވެ.

އިންތިހާބުތަކާ ގުޅޭ ބިލަށް މަޖިލީހުން ފާސް ކުރި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއިއެކު، އިލެކްޝަން ކޮމިޝަނުން މި އަހަރުގެ މަޖިލިސް އިންތިހާބު 2024 ބާއްވާނެ ތާރީހެއްގެ ގޮތުގައި  ފާސްކުރީ 21 އޭޕްރީލް 2024 އެވެ. މި ބިލް ތަސްދީގު ކުރުމުގެ ކުރީގައި މި އިންތިހާބު ބޭއްވުމަށް ތާވަލް ކުރެވިފައިވާ ތާރީހަކީ 17 މާޗް 2024 އެވެ.

ބަންޑާރަ ނައިބުގެ ލަފާފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ، އިންތިހާބު ފަސްކުރުމާއި ބެހޭ ބިލް ތަސްދީގުކުރެއްވުމާއެކު، ރޯދަ މަހު އެއްވެސް އިންތިހާބެއް ބޭއްވުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާނެއެވެ.

އުތުރުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިހާބް ރޯދައިގެ ކުރިން ބޭއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި މީގެ ކުރިން ނުރަސްމީ ގޮތެއްގަ އިވެސް ރޯދައިގެ އެއްދުވަސް ކުރިން ނަމަވެސް އިންތިހާބު ބާއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައި ވާނެ ކަމަށެވެ.

އިންތިހާބުތަކާއި ބޭހޭ އާންމު ގާނޫނަށް ހުށަހެޅުނު 5 ވަނަ އިސްލާހު ތަސްދީގު ކުރުމަށް ފޮނުވުނު މިއީ 2 ވަނަ ފަހަރެވެ. މީގެ ކުރިން ވެސް މަޖިލީހުން އިންތިހާބު ލަސްކުރުމާ ގުޅޭ ބިލް ފާސްކުރުމަށް ފަހު ތަސްދީގު ކުރުމަށް ރައީސަށް ފޮނުވި އެވެ. އެހެންނަމަވެސް އެ ފަހަރު އެ ބިލު ރައީސުލްޖުމްހޫރިއްޔާ އަނބުރާ މަޖިލީހަށް ފޮނުވާލީ އެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1