މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

0

ނ.ކެނދިކުޅުދޫގެ ގެވަޅުތަކުގައި ގެ އަޅައިދިނުމުގެ ޕްރޮޖެކްޓް "މަގޭ ހިޔާ" އާއެކު ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތަކަށް ވެގެން ދާނެ ކަމަށް ކައުންސިލުން ބުނެފިއެވެ.

ދިވެހިރާއްޖޭގައި އިޖުތިމާއީ އެންމެ ގިނަ ގޮންޖެހުންތައް ފެށިގެން އަންނަ ހިސާބަކީ ގެދޮރުވެރިކަން ނެތި، ގިނަ ބައެއް އެއް ގެޔެއްގައި ދިރިއުޅެން ޖެހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ވެރިރަށް ކ.މާލޭގައި އެކަން އިންތިހާއަށް ބޮޑުވެފައި އޮތް އިރު، ރާއްޖެ ތެރޭ ރަށްރަށުގައި ވެސް އެކަން އޮތީ އެހެންނެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކެނދިކުޅުދޫ ކައުންސިލުން އިސްނަގައިގެން އަންނަނީ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ފުލް ގިޔަރުގައި ތައްޔާރީތައް ވަމުންނެވެ. އެގޮތުން "މަގޭ ހިޔާ" ގެ ނަމުގައި ހައުސިންގް ޕްރޮޖެކްޓެއް ފަށައި، ގެވަޅުތަކުގައި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދޭން އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

މިކަމާ ގުޅިގެން "ރަށްފުށު" ނޫހާ ވާހަކަ ދައްކަމުން ކައުންސިލް ރައީސް މުހައްމަދު ރައޫފް ވިދާޅުވީ މިއީ ކައުންސިލުން އެންމެ ފުރަތަމަ ވެސް ރަށުގައި ކުރަން ބޭނުންވި އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ.

"ގެވަޅުތަކުގައި ގެ ނޭޅި ވަރަށް ގިނަ ފަރާތްތަކުން އެބަތިބި. ކައުންސިލުން ބޭރުގެ އެކި އެކި އިންވެސްޓަރުންނާ ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން މިއައީ. މިހާރު އިންވެސްޓަރެއް ވަނީ ލިބި، އެމީހުންނާ އެކު ކުރިއަށް ދިއުމަށް މަސައްކަތް މިވަނީ ފެށިފައި،" ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން މި ރަށު ރައްޔިތުންނަށާއި ރަށުން ބޭރު، ކެނދިކުޅުދޫގައި ދިރުއުޅުމަށް ގަސްދުކުރާ ފަރާތްތަކަށް، އަވަސް ލުއި ގޮތްތަކަށް ބޯހިޔާ ވަހިކަން ލިބިގެންދާނެ ކަމަށެވެ.

"ގައިގަނޑަކަށް 10 ވަރަކަށް ޑިޒައިން އުޅޭނެ ގެތަކުގެ. އޭގެން ކޮންމެ ޑިޒައިނަކަށް ވެސް ގެ އެޅޭނެ. އިސްލާމިކް ފައިނޭންސް ގެ ތެރެއިން މިކަން ކުރެވިގެންދާނީ. އިތުރު ބޭންކިންގްގެ ޗޮއިސްތައް ވެސް ބަލަމުން ދަނީ."

މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ސެޝަނުގައި ބައިވެރިވުމަށް ވަނީ ހުޅުވާލައިފައެވެ.

"މައުލޫމާތު ދިނުމުގެ ސެޝަނަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން. މިހާތަނަށް 70 އަށް ވުރެން ގިނަ ފަރާތްތަކުން މި ސެޝަނުގައި ބައިވެރިވުމަށް ވަނީ ރަޖިސްޓްރީ ކޮށްފައި. އެހެން ރަށްރަށުން ވެސް މިކަމުގެ މައުލޫމާތު ހޯދުމަށް އަޅުގަނޑުމެންނަށް އެބަގުޅާ." ރައޫފް ވިދާޅުވިއެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/typk3dbrQR

ކެނދިކުޅުދޫގައި ދޫކޮށްފައިވާ ގެވަޅުތަކުގައި ގެއަޅައިދުނުމަށް ރޭވިފައިވާ މިޕްރޮޖެކްޓަކީ، ދިގު މުއްދަތުން ފައިސާ ދައްކާ ޚަލާސް ކުރާ އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1