ފަހުވަގުތު ޑީޓޫ ސްޕޯޓްސް ކުލަބް ބަލިކޮށް ނައިފަރު ޗެލްސީން ސެމީއާ ގާތަށް

TMIFC 2024: Fahuvaguthu D Two sports club balikoh Naifaru Chelsea in semi aa gaathah

ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024 ގައި ޑީޓޫ އަދި ނައިފަރު ޗެލްސީ ކުޅުނު މެޗު -- ފޮޓޯ/ސިޑިބަރި

0

ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024 ގައި ފަހުވަގުތު ހެނބަދޫގެ ޑީޓޫ ސްޕޯޓްސް ކުލަބު ބަލިކޮށް ނައިފަރު ޗެލްސީއިން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ނައިފަރު ޗެލްސީން ކުރި ހޯދައިގެންނެވެ. މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ނައިފަރު ޗެލްސީ ވަނީ ނުވަ ޕޮއިންޓް ހޯދައި ގުރޫޕް ބީގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ވިންޑް ވޯރިއާސްއިން ދެ މެޗު ކުޅެގެން ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ.

ބޯ ވިއްސާރައިގައި މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ރަނގަޅަށް ޑިފެންސްކޮށްގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި އިރު، ލިބޭ ކައުންޓާ އެޓޭކްތަކުގައި ދެ ޓީމުންވެސް ހަމަލާތަކެއް ވަނީ އުފައްދައިފައެވެ. އެގޮތުން ޑީޓޫގެ މުހައްމަދު ވަހީދު (ކޮކީ) ވަނީ އެ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފައްދައި ނައިފަރުގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިކޮށްފައެވެ.

އެ ހާފުގައި ނައިފަރު ޗެލްސީން ވެސް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އިރު، ޑީޓޫގެ ކީޕަރު މުހައްމަދު އަލީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.

ދެވަނަ ހާފުގައި ޑީޓޫއިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމާ ގާތަށް ވަނީ ޖެހިލައިފައެވެ. އެގޮތުން ހުސައިން އިބްރާހިމް (ކުޑޫ) ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އެފަހުން ވެސް ކޮކީ އަދި އިބްރާހިމް އިމްރާން (އިންމި) ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް ނައިފަރުގެ ކީޕަރު ސާގިބް ހަނީފް ވަނީ ރަނގަޅަށް އެ ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ހާނިފްއެވެ. އެއީ ފަހުވަގުތު ނައިފަރު ޓީމަށް ލިބުނު ކޯނަރެއްގެ ފައިދާ ނަގައި އޭނާ ޖެހި ގޯލެކެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1