ކުޑަފަރި ފަސޭހަކަމާއެކު ބަލިކޮށް މަނަދޫއިން އުންމީދު ދަމަހައްޓައިފި

TMIFC 2024: Kudafari faseyhakamaaeku balikoh Manadhoo in ummeedhu dhamahattaifi

ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024ގައި މަނަދޫ އަދި ކުޑަފަރި ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ސިޑިބަރި

0

ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024ގައި މިރޭ ކުޑަފަރި ސްޕޯޓްސް ކުލަބް ފަސޭހަކަމާއެކު ބަލިކޮށް މަނަދޫ ސްޕޯޓްސް ކުލަބުން ސެމީ ފައިނަލްގެ އުންމީދު ދަމަހައްޓައިފިއެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ކުޑަފަރީގެ މައްޗަށް މަނަދޫއިން ކުރި ހޯދީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން މަނަދޫއިން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. މަނަދޫއަށް ބާކީ އޮތް މެޗުތައް ކާމިޔާބުކޮށްގެން ސެމީއަށް ދިއުމުގެ ފުރުސަތު މި މޮޅާއެކު ވަނީ ތަނަވަސްވެފައެވެ. އަނެއްކޮޅުން މެޗުން ބަލިވި ކުޑަފަރި ވަނީ މުބާރާތުގައި ބާކީ އެއް މެޗު އޮއްވާ މުބާރާތުން ކަޓައިފައެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ކުޑަފަރިންނެވެ. ކުޑަފަރި ޓީމަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަހުނަސް އަހުމަދު ފަހީމްއެވެ. ކުޑަފަރިން ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް މަނަދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރައުފަތު އަބޫބަކުރުއެވެ. އެއަށްފަހު ފުރަތަމަ ހާފުގެ މެދުތެރެއިން އަލީ ނަސީމް ވަނީ ގޯލެއް ޖަހައި މަނަދޫއަށް ލީޑު ނަގައިދީފައެވެ.

ލީޑުގައި ހަމަޖެހިލައިގެން ކުޅެމުން ދިޔަ މަނަދޫއަށް ލިބުނު ކައުންޓާ އެޓޭކެއްގައި އެ ޓީމަށް ތިންވަނަ ލަނޑެއް ޖަހައިދިނީ މުހައްމަދު މާނިއުއެވެ. އަދި އެ ފަހުން ފުރަތަމަ ހާފުގެ އިތުރުވަގުތު އަލީ ނަސީމް ވަނީ މަނަދޫއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މަނަދޫގެ ފަސްވަނަ ލަނޑު ޖަހައިދިނީ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރައުފަތުއެވެ. މަނަދޫގެ ހަވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ނަސީމްއެވެ. އަލީ ނަސީމް ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފައެވެ.

މި މުބާރާތުގައި މާދަމާ ހަވީރުވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖައްސައިފައެވެ. އެ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކޮމެޓްސް އަދި މާފަރު އެފްސީއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1