މާފަރު ބަލިކޮށް ހިންނަވަރު ސެމީއާ ގާތަށް

TMIFC 2024: Maafaru balikoh Hinnavaru semi aa gaathah

ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024 ގައި ހިންނަވަރު ކުޅުންތެރިން -- ފޮޓޯ/ސިޑިބަރި

0

ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024 ގައި މިއަދު މާފަރު އެފްސީ ބަލިކޮށް ހިންނަވަރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުން މާފަރުގެ މައްޗަށް ހިންނަވަރުން ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ހިންނަވަރުން ގުރޫޕް އޭ ގެ އެއްވަނައިގައި އޮތް އިރު، އެ ޓީމުން ވަނީ ސެމީއާ ގާތަށް ޖެހިލައިފައެވެ. 

މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ މާފަރު ޓީމުންނެވެ. މެޗުގެ ކުރީކޮޅު ނުރައްކާތެރި ތިން ހަމަލާއެއް އެ ޓީމުން ވަނީ އުފައްދައިފައެވެ. އެގޮތުން އަފްރާހް މުހައްމަދަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު އިރު އަބްދުލް ރައުފްއަށް ވަނީ ލީޑު ނަގާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. 

މާފަރުން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ އޮއެވަރު ބަދަލުވީ ހިންނަވަރުގެ ކެޕްޓަން އަހުމަދު އަބްދުﷲ (ލިލީ) ޖެހި ގޯލަކުންނެވެ. ލިލީ މެދު ރޮނގެއް ވުރެން ކުރިއަށް ޖެހިލާފައި ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ. ހިންނަވަރުން ލީޑު ނެގުމާއެކު މާފަރު ޓީމުން އިތުރު މަސައްކަތެއް ކުރަން ޖެހުމުން ޓީމުގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ވަނީ ފެނިފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހިންނަވަރަށް ލީޑު ފުޅާކޮށްދިނީ ސްރީ ލަންކާގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކަވިންދު އިޝާންއެވެ. އޭނާ އެ ގޯލު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މާފަރުން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެ ހާފުގެ ކުރީކޮޅު އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މާފަރު ކުޅުންތެރިއެއްގެ އަތުގައި ޖެހި ހިންނަވަރަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ހިންނަވަރަށް ތިންވަނަ ގޯލެއް ޖަހައިދިނީ އަލީ ނަސޫހު (ޕިލާ) އެވެ. އޭނާ ވަނީ ޅޮހީ އެފްސީއާ ދެކޮޅަށް ކުރިން ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައިފައެވެ.

ހިންނަވަރުގެ ތިންވަނަ ލަނޑަށްފަހު މާފަރުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ކައިރި ކައިރީގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން އަފްރާހް ވަރަށް މަސައްކަތުން ނަގައިދިން ހުރަހަކުން އައިހަމް ހަމްދޫން ވަނީ ގޯލެއް ޖަހައި މާފަރަށް ފަރަގު ކުޑަކޮށްދީފައެވެ. 

މާފަރުން ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ހިންނަވަރުން އަނެއްކާވެސް ވަނީ އިތުރު ދެ ގޯލު ޖަހައި މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްފައެވެ. އެ ދެ ގޯލުވެސް އެ ޓީމަށް ޖަހައިދިނީ ނަސޫހު އެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ހެޓްރިކެވެ.

މި މުބާރާތުގައި މިރޭވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކޮމެޓްސް އަދި ޅޮހީ އެފްސީއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1