ރަށްފުށު އަންހެނުންގެ ސާދާ ދިރިއުޅުމުން ދުވަހެއް

Rahfushu anhenunge saadhaa dhiriulhumun dhuvaheh

ދިވެހި އަންހެނުން ކުރާ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯއެއް --- އަދަވޭހޮލިޑޭޑޮޓްކޮމް

0

ގަޑިން ހެނދުނު ނުވައެއް ޖެހިއްޔެވެ. ރަށު އޮފީސް ދޮށުގައި ހުރި މީހާ އެ ފުމެލި ސަންގުގެ ބާރު ހޯއް އަޑާއެކު ވަލު ހޭރީގައި އެތުރިލައިގެން އެތިބި އަންހެން ވެރިން އެ ދުއްވައިގަތީ ބާލިދީގަނޑު ހިފައިގެން އެހެނަކުން ނޫނެވެ. ގަސް ބުޑު ބުޑު މަތިން، ފަންތޮށިބޮލާއި، ދަރުބައިންތައް ކަޓުވާލަމުންނެވެ. ބާރު ދުވެއްޔެއްގައި އެކި މީހުން އެ ދުވަނީ އެކި ދިމާލަށެވެ.

އެއްބަޔަކު އެ ދަނީ މައި ހިންނާއަށެވެ. އަނެއްބަޔަކު ދޮށަން ދަނޑަށް އެބަދެޔެވެ. ދެން ތިބި މީހުން އެދަނީ ހުޅުނުވަތް ކައްޕާއަށާއި ދުނބުރިފަލާއި ކިނބޫއެރިވަލާއި ބުޅާއަލީ މުއްޔާއި ޒިޔާރަތް މަގަށެވެ. އޮތީ އެއް ބޭނުމެކެވެ. ބާލިދީ ފުރެންދެން މަދު ހޮވުމެވެ..

ރަށްފުށު އަންހެނުންނަކީ ޒަމާނުއްސުރެން ސާދާ ސީދާ ދިރިއުޅުމެއް އުޅެމުން އައި ބައެކެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބާއެކު އެވެރިން ކޮށް އުޅުނު މަސައްކަތްތަކަށް ބަލާލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. ހަތަރު ފަސް ދަރިން ގޮވައިގެން ގޭތެރޭ ހުރިހާ މަސައްކަތެއް ކުރަމުން އާއްމުދަނީ ހޯދަން ވެސް އެތައް މަސައްކަތެއް ކުރެއެވެ. މިހާރު ބަހުން ނަމަ މަލްޓިޓާސްކުގެވެސް އެއީ މުޅިން އެހެން ލެވެލްއެކެވެ. މި ރިޕޯޓުގައި މި ބަލާލަނީ މާ ދުރުނޫން ތާރީހެއްގައި އަންހެން ވެރިން ދިރިއުޅެމުން އައި ސާދާ ދިރިއުޅުމުން އެއް ދުވަހަށެވެ.

އިހުގެ އާއިލާއެއްގެ ފޮޓޯ --- ޕިންޓްރެސްޓް

ހައްވާ އަލީ (ހައްވައްތަ)، ކެނދިކުޅުދޫ ބުނި ގޮތުގައި އޭނާގެ ދުވަސް ފެށިގެން ދަނީ ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދުން އަވަދިވެގެން ފުރަތަމަ ކުރާ ކަމަކީ ދަރިންނަށް ކާންދިނުމެވެ. ހުރިހާ ކަމެއްގައި އެހީވެދެން ވެސް މަންމަ ކައިރީގައި ހުންނާތީ ނުހަނު ފަސޭހައެވެ. އެހެން ކަމުން ދަރިންނާއެކު ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ އަމިއްލަ މަންމަގެ އެހީތެރިކަމާއެކު އެވެ. މަސައްކަތުގައި ފިރިމީހާ ރަށުން ބޭރުގައި ގިނަ ދުވަސްދުވަހު އުޅުނަސް އޭނާ އުޅުނީ އުފަލުގައެވެ.

"ފަތިސް ނަމާދު ކޮށްގެން ދަރިންނަށް ކާންދިނުން ފުރަތަމަ އޮންނާނީ. ދެން ދާނީ ވަލަށް. އޭރުގައި ވަލަށް ގޮސް މަދު ހޮވާ، ފަން ހޮވާ، ކާށި ހޮވާ ދަރުވެސް ހޮވައިގެން އަންނަނީ. ހުރިހާ އެއްޗެސްވެސް އޭރު ހޮވާނެ. މެންދުރެއްހާއިރު ވަލުން އަންނަ އިރު މަންމަ ހުންނާނީ ކައްކާފަ. ދެން ކުދިންނަށް ކާންދީ ހަދާފައި އަސްރުވާން ވާއިރަށް ވަރުބަލި ފިލުވާލަން ޖައްސާލަނީ." ހައްވައްތަ ކިޔައިދިނެވެ.

ހައްވައްތަ، 64 އަހަރު، ބުނި ގޮތުގައި އިހުގައި ހުރިހާކަމެއް ވެސް ކުރަން ޖެހެނީ ބުރަ މަސައްކަތުންނެވެ. އެހެންކަމުން ހުރިހާ ކަމަކަށް ވެސް ހުންނަނީ ހޭނި، ދަސްވެފައިކަމަށް ބުންޏެވެ.

"އަސްރު ކޮށްގެން ދެން އަލިފުޅުބެ (ފިރިމީހާ) ރަށުގައި އުޅެންޏާ ސަޔަށް ކޮންމެސް އެއްޗެއް ހަދާލަން. އަލިފުޅުބެ ބޭނުންވާނެ އެގަޑިއަށް ސައި. ދެން އިރުއޮއްސެން ވާއިރަށް، 6 ޖަހާއިރަށް މަންމަ ބައްތި ދިއްލާނެ. ފަސްގަޑި ބައި ވުމަށްފަހު ކިރުބޯ އުމުރުގެ އެންމެ ކުއްޖެއް ވެސް ބިމަށް ނުބާލަން. އުރައިގެން ހުންނާނީ. 6 ޖެހުމަށްފަހު އެއްވެސް ކުއްޖެއް ބޭރަކަށް ވެސް ނުނިކުންނާނެ. މަންމަ ބުނެފައި އޮންނަނީ އެހެން."

ޖުމުލަ ހަ ކުދިން ތިބި ހައްވައްތަ ބުނީ އަނދިރިވުމަށްފަހު ދެން މާބޮޑު މަސައްކަތެއް ކުރެވެން ނޯންނަކަމަށެވެ. އަދި އިޝާ ނަމާދަށްފަހު ހުރިހާ ކުދިންނަށް ކާންދީ ނިންދަވާނީ ކަމަށާއި، އޭރު ވީހާވެސް އަވަހަކަށް ނިދޭތޯ އެންމެން ވެސް ބަލާ ކަމަށެވެ.

"މިހާރުގެ އަންހެނުންނަށް ބުނަން ބޭނުންވަނީ އޭރުގައި އަހަރަމެން ދަސްކުރީ މަދުލާރިކޮޅެއް ލިބުނަސް ފުދިގެން ދިރިއުޅުމެއް އުޅުމަށެވެ. އެކަން ދަސްވެއްޖެޔާ ދަރިން ބަލައި ބޮޑެތި ކުރުމަށް ދަތި ނުވާނެ. މިހާރު ކިތަންމެ ގިނައިން ލާރި ލިބުނަސް ބޭކާރު ޙަރަދުތައް ގިނަވެފައި އޮންނަނީ. ލިބޭ އެއްޗަކުން ދިރިއުޅެން ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެއް،"

އަންހެނަކު މަސްކައްކަނީ --- ޕިންޓްރެސްޓް

ފާތިމަތު ޔޫސުފް (ދޮންފާންތަ)، ކެނދިކުޅުދޫ ބުނި ގޮތުގައި އޭނާގެ ދުވަސް ވެސް ފަށަނީ ފަތިސް ނަމާދުންނެވެ. އަދި އަލިވުމުގެ ކުރިން ގުރުއާން ކިޔަވާލައި، އަލިވާން ފެށުމުން ގޮސް ގޭތެރެއާއި، ގެއިން އިންވެގެން އޮތް މަގުތަކަށް ކުނިކަހަނީއެވެ. އަދި ޒުވާން އުމުރުގައި މަންމަގެ އެހީތެރިކަން ލިބޭތީ މާ ބޮޑު މަސައްކަތަކެއް ކުރަން ނުޖެހޭ ކަމަށެވެ.

"މަންމަ ހުރިހާކަމެއް ވެސް ކޮށްދޭނެ. ހަމައެކަނި ދަރިން ބަލަން ހުންނަން ޖެހުނީ. އެކަމަކު ފަހުން ވަލަށްދާން ފެށީ. ވަލުން އަންނަ އިރު ހުންނާނީ މެންދުރު ވެފައި. އޭރު އައިސް ކުދިންނަށް އާލަތް ހަދަނީ. ދެން ކާންދީފައި އަނެއްކާވެސް ކޮންމެވެސް އެހެން މަސައްކަތެއް ފަށާނެ. ގެނައި މަދުތައް އަވީލައި، ފަންވިންނަން ފަށާނެ މެންދުރު އިރު ހުއްޓާ،"

ދެން އަސުރު ކޮށްގެން ވެސް މަދުފަޅުމާއި، ދެން ވެސް އެހެން މަސައްކަތްތަކުން އަވަދިވާނެ ވަގުތެއް މަދުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ރޭގަނޑު އިޝާނަމާދުކޮށްގެން ރޯނުވަށަން ތިބޭކަމަށާއި، ބާކީ ހުރިހާ މަސައްކަތެއް ކޮށްދެނީ މަންމަ ކަމަށް ދޮންފާންތަ ބުންޏެވެ.

"އޭރާއި މިހާރު ވަރަށް ތަފާތު. ހުރިހާކަމެއް ވެސް މިހާރު ވަރަށް ފަސޭހަ. ބުރަ މަސައްކަތް ކޮށްގެން ދިރިއުޅުމެއް ހޯދުމީ އުފާކުރާ ކަމެއް. މިއަދުވެސް ވަލަށް ދާހިތްވޭ،" އުމުރުން 70 ވަރަކަށް އަހަރުވާން ގާތްވެފައިވާ ދޮންފާންތަ ހެމުން ހެމުން ބުންޏެވެ.

މި ދެވާހަކައިން ވެސް އެނގުނު މުހިއްމު އެއްކަމަކީ ދަރިން ތަރުބިއްޔަތުކުރުމާއި ދިރިއުޅުމުގެ ކަންކަމުގައި އަންހެނުންގެ ހިއްސާ އޮތް މިންވަރު ބޮޑު ކަމެވެ. މިއީ އަދި އެންމެ ދެވާހަކައެވެ. މީގެ އެތައް އެތައް ވާހަކަތަކެއް މާމަމެން ކައިރީ އަހާލުމުން ކިޔައިދެޔެވެ. އަންހެނުންގެ ގަދަ ވާހަކަތަކެވެ. އަންހެނުންނަށް ނުކުރެވޭ މަސައްކަތެއް ނެތް ވާހަކަތަކެވެ. މިހާރުގެ އަންހެނުން ވެސް މިފަދަ ވާހަކަތައް ހޯދައިގެން އޭގެން އިބުރަތް ހޯދަންޖެހެއެވެ.

އާދޭހެވެ، އަންހެނުންނަކީ ގަދަބަޔެކެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1